بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
هَلْ أَتَىٰكَ حَدِيثُ ٱلْغَـٰشِيَةِ ﴿١﴾
88:1 ބިރުވެރިކަމާއިގެން އެންމެންނަށް ކުރިމަތިވެގެންއަންނާނޭ ކަންތަކުގެ ވާހަކަ(އެބަހީ: قيامة ގެ ވާހަކަ) ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟
وُجُوهٌ يَوْمَئِذٍ خَـٰشِعَةٌ ﴿٢﴾
88:2 އެދުވަހުން، ދެރަވެ ނިކަމެތިވެގެންވާ މޫނުތަކެއް ވެއެވެ.
عَامِلَةٌ نَّاصِبَةٌ ﴿٣﴾
88:3 މަސައްކަތްތެރި، ވަރުބަލި މޫނުތަކެކެވެ.
تَصْلَىٰ نَارًا حَامِيَةً ﴿٤﴾
88:4 ހޫނުކަން ގަދަވެގެންވާ ނަރަކަޔަށް އެއުރެން ވަންނާނެތެވެ.
تُسْقَىٰ مِنْ عَيْنٍ ءَانِيَةٍ ﴿٥﴾
88:5 ހޫނުކަން ނިހާޔަތަށް ގޮސްފައިވާ ފެންއާރަކުން އެއުރެންނަށް ބޯންދެއްވާނެތެވެ.
لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍ ﴿٦﴾
88:6 ކަށިހުރި، ވިހަ މޭވާޔަކުން މެނުވީ، އެއުރެންނަކަށް ކާނާއެއް ނުވެއެވެ.
لَّا يُسْمِنُ وَلَا يُغْنِى مِن جُوعٍ ﴿٧﴾
88:7 (އެ ކެއުމަކުން) ހަށިގަނޑަކަށް ބާރެއް ނުދޭނެތެވެ. އަދި ބަނޑުހައި ހޫނުކަން ފިލުވައެއް ނުމެދޭނޭމެއެވެ.
وُجُوهٌ يَوْمَئِذٍ نَّاعِمَةٌ ﴿٨﴾
88:8 އެދުވަހުން نعمة ލިބިގެންވާ، އުފާވެރި މޫނުތަކެއް ވެއެވެ.
لِّسَعْيِهَا رَاضِيَةٌ ﴿٩﴾
88:9 ދުނިޔޭގައި އެއުރެންކުޅަ މަސައްކަތަށް ރުހިގެންވެއެވެ.
فِى جَنَّةٍ عَالِيَةٍ ﴿١٠﴾
88:10 މަތިވެރިވެގެންވާ ސުވަރުގޭގައެވެ.
لَّا تَسْمَعُ فِيهَا لَـٰغِيَةً ﴿١١﴾
88:11 (ގެއްލުންދެނިވި) ބޭކާރު ވާހަކައެއް، އެތާނގައި އެއުރެން ނާހާނެތެވެ.
فِيهَا عَيْنٌ جَارِيَةٌ ﴿١٢﴾
88:12 ހިނގަހިނގާ ހުންނަ ފެންއާރެއް އެތާނގައިވެއެވެ.
فِيهَا سُرُرٌ مَّرْفُوعَةٌ ﴿١٣﴾
88:13 އުފުލިގެންވާ ދާންތައް އެތާނގައިވެއެވެ.
وَأَكْوَابٌ مَّوْضُوعَةٌ ﴿١٤﴾
88:14 އަދި ބެހެއްޓިގެންވާ ތަށިތައްވެސްމެއެވެ.
وَنَمَارِقُ مَصْفُوفَةٌ ﴿١٥﴾
88:15 އަދި އެތުރިގެންވާ ބާލީސްތައްވެސްމެއެވެ.
وَزَرَابِىُّ مَبْثُوثَةٌ ﴿١٦﴾
88:16 އަދި ފެތުރިގެންވާ ދޫލަތައްވެސްމެއެވެ.
أَفَلَا يَنظُرُونَ إِلَى ٱلْإِبِلِ كَيْفَ خُلِقَتْ ﴿١٧﴾
88:17 ފަހެ، ޖަމަލު ހައްދަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ޖަމަލަށް ނުބަލަނީހެއްޔެވެ.
وَإِلَى ٱلسَّمَآءِ كَيْفَ رُفِعَتْ ﴿١٨﴾
88:18 އަދި އުޑު އުފުއްލަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން އުޑަށް ނުބަލަނީހެއްޔެވެ؟
وَإِلَى ٱلْجِبَالِ كَيْفَ نُصِبَتْ ﴿١٩﴾
88:19 އަދި ފަރުބަދަތައް ކޮޅަށް ނަންގަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ފަރުބަދަތަކަށް ނުބަލަނީހެއްޔެވެ؟
وَإِلَى ٱلْأَرْضِ كَيْفَ سُطِحَتْ ﴿٢٠﴾
88:20 އަދި ބިން ފަތުރުއްވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ބިމަށް ނުބަލަނީހެއްޔެވެ؟
فَذَكِّرْ إِنَّمَآ أَنتَ مُذَكِّرٌ ﴿٢١﴾
88:21 ފަހެ، ކަލޭގެފާނު (އެއުރެންނަށް) ހަނދުމަކޮށް ދެއްވާށެވެ! ކަލޭގެފާނު ވާކަން ކަށަވަރީ، ހަނދުމަކޮށްދެއްވާ ބޭކަލަކު ކަމުގައެވެ.
لَّسْتَ عَلَيْهِم بِمُصَيْطِرٍ ﴿٢٢﴾
88:22 އެއުރެންގެ މައްޗަށް ބާރު ހިންގަވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ.
إِلَّا مَن تَوَلَّىٰ وَكَفَرَ ﴿٢٣﴾
88:23 ފުރަގަސްދީ، كافر ވި މީހަކަށް މެނުވީއެވެ.
فَيُعَذِّبُهُ ٱللَّهُ ٱلْعَذَابَ ٱلْأَكْبَرَ ﴿٢٤﴾
88:24 ފަހެ، اللَّه، އެމީހަކަށް ބޮޑުވެގެންވާ عذاب ން عذاب ދެއްވާނެތެވެ.
إِنَّ إِلَيْنَآ إِيَابَهُمْ ﴿٢٥﴾
88:25 ހަމަކަށަވަރުން، އެއުރެން އެނބުރި އައުންވަނީ، ތިމަންރަސްކަލާނގެ حضرة އަށެވެ.
ثُمَّ إِنَّ عَلَيْنَا حِسَابَهُم ﴿٢٦﴾
88:26 ދެން އެއުރެންގެ حساب ބެއްލެވުން ވަނީވެސް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށެވެ.